އިސްލާމް މުގައްރަރުތަކުގައި ހަރުކަށިކަމަށް ހިތްވަރުދީފަ ނޯންނާނެ ކަމަށް ޝެއިހު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިސްލާމް މުގައްރަރުތައް ހެދިފައިވަނީ އެންމެ މީހެއް ދެމީހެއްގެ ވިސްނުމަކުން ނޫން ކަމަށާއި އިސްލާމް ދީން ކިޔަވައިގެން ތިބި އެތައް ބައެއް ހިމެނޭ ކޮމިޓީއަކުން ކަމަށެވެ. އަދި އެއަށްފަހު އިސްލާމިކް މިނިސްޓްރީގެ ސީދާ ބެލުމުގެ ދަށުން ކަމަށާއި އިސްލާމް މުގައްރަރުތަކުގައި ހަރުކަށި ކަމަށް ހިތްވަރު ދެވިފައެއް ނޯންނާނެ ކަމަށެވެ.
ޒައިދު ވިދާޅުވީ އިސްލާމް މުގައްރަރުތަކަށް ހަރުކަށި ފިކުރުގެ ތުހުމަތުކޮށް ބީ ފެކްޝަން ބޭފުޅުން ރުއްސަން އިސްލާމް މުގައްރަރުތަކާއި ކުޅެ ކޮށާއި މަށާއި ހެދުމަކީ އެއްވެސް ހާލެއްގައި ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މީހުން ހަރުކަށި ވިސްނުމަށް ދަނީ މުގައްރަރު ތަކާއި ގުޅިގެން ނޫން ކަމުގެ 100 އިންސައްތަ ޔަގީން ކަން އެބައޮތް ކަމަށްވެސް ޝެއިހު ޒައިދު ވިދާޅުވެފައިވެއެވެ.
ޒައިދު މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ މެއި ހައެއް ކޮމިޓީގެ މުގައްރިރު އަފީފު ހަރުކަށި ފިކުރު ނައްތާލުމަށް އިސްލާމް ކިޔަވައިދޭން ރާއްޖެއިން ބޭރުން ޓީޗަރުން ގެނައުމުގެ ވިސްނުން އެޑިއުކޭޝަން މިނިސްޓްރީން ގެންގުޅެމުންދާ ކަމަށް ވިދާޅުވެފައިވާތީ ކަމަށް ބެލެވެއެވެ.