ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަންގަވައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ހިދުމަތް ކުރައްވަނީ އެހެން ތަނަކަށް ކަމަށް ކުޜިގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުަމދު ވިދާޅުވެއްޖެއެވެ.
އާންމު މަޖިލީހުގެ ރިޔާސަތާއި ހަވަލުވެވަޑައިގަތުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އެމެރިކާގެ ނިއުޔޯކަށް ވަޑައިގަތީ މިމަހުގެ 29 ވަނަ ދުވަހުއެވެ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަބްދުﷲ ޝާހިދު ޒިންމާ އަދާ ކުރައްވަނީ ކޮންގޮތަކަށް ކަމާމެދު ސުވާލު އުފައްދަވާފައެވެ. އަދި މިހާރު ޝާހިދު ހުންނެވީ އދ ގައި ކަމަށާއި މަހެއްވަން ދެން އެކޮޅުގައި ހުންނެވި ކަމަށެވެ. ސާފުކޮށް ދުސްތޫރުގައި ކުރެވެން ނެތް ކަމެއް ޝާހިދު އުޅުއްވަނީ އޮޅުވާލައްވައިގެން ކަމަށާއި ގާނުނަށް ގޮންޖަހަމުންދަނީ ބާރުގައި ހުންނެވުމަށް ކަމަށް ޖަމީލް ވަނީ ތުހުމަތު ކުރައްވާފައެވެ.
އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތު، ރާއްޖޭގެ ފޮރިންގ މިނިސްޓަރ އަބުދުﷲ ޝާހިދު ކާމިޔާބު ކުރެއްވުމަށްފަހު، ޢާންމު މަޖިލީހުގެ އިންތިޚާބީ ރައީސެއްގެ ހައިސިއްތުން މިނިސްޓަރ ޝާހިދު ވަނީ ދުނިޔޭގެ ބައެއް ގައުމުތަކަށްވެސް ދަތުރު ކުރައްވާފައެވެ. އަދި މިއިންތިހާބު ކާމިޔާބު ކުރެއްވުމަށް ގިނަ ދުވަސްތަކެއް ވަންދެން ޝާހިދު ވަނީ ރާއްޖެއިން ބޭރުގައި ހުންނަވާފައެވެ. މިކަމާވެސް އިދިކޮޅު ފަރާތްތަކުން ދަނީ ފާޑު ވިދާޅުވަމުންނެވެ.