ކޯޓުތަކާއި މެދުގައި އާއްމުންނަށް އޮތް އިތުބާރު ދަނީ އިތުރުވަމުން ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ޒާހިރު ވިދާޅުވީ މިހާރު ބަޔަކު މީހުން ކޯޓަށް ނުފޫޒު ފޯރުވާ ހުކުމްތައް ބަދަލު ކުރުމަށް ސިޔާސީ ހަރަކާތްތަކެއް ހިންގަމުންދާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ފާޑު ފާޑުގެ އޯޑިއޯތައް ހަދައިގެން އުޅެނީ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރަމުންދާ ދައުވާތަކަށް ނުފޫޒު ފޯރުވަން ކަމަށެވެ.
އަދި މިފަދަ ކަންކަން ކޮށްގެން ޝަރީއަތަށް ނުފޫޒު ފޯރުވޭނެ ކަމަށް ގަބޫލުކުރުމަކީ ކުށްހީ އެއް ކަމަށާއި ދެކެވޭ ވާހަކަތަކަށް ޖަވާބު ދޭން ޖެހޭނީ އަސްލެއް އޮންނަ ކަން ކަމަަށް ކަމަށް ގަބޫލުކުރައްވާ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ. މިވާހަކަތައް ދައްކަމުން ދަނީ އިދިކޮޅު ފަރާތްތަކުން ކަމަށާއި ލީކުވި އޯޑިއޯތަކުގައި އަސްލެއް ނެތް ކަން އިދިކޮޅު ފަރާތްތަކާއި ބަދަލުވުމުން ވިދާޅުވި ކަމަށްވެސް އަލީ ޒާހިރު ވިދާޅުވިއެވެ.
ފަނޑިޔާރުން ގޮވައިގެން ކަޅު ބިއްލޫރި ޖެހި ކާރެއްގައި ދަތުރު ކޮށްފައި ނުވާނެ ކަމަށާއި އެކަމުގައި ޒައްރެއްގެ މިންވަރެއްގެ ހަގީގަތެއްވެސް ނެތް ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.