މުޅި ދުނިޔެއަށް ފޮރިން މިނިސްޓަރ އަބްދުاللہ ޝާހިދު އެ ސާބިތުކޮށްދިނީ މި ރާއްޖޭގައި ބާތިލް ދީންތަކަށް ފުރުސަތު ހޯދައި ދިނުމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފާޅުގައި ކުރަމުން ގެންދާ މަސައްކަތް ކަމަށް ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދުރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު ފެނިގެންދިޔައީ އެޖެންޑާ-19ގެ ތަފާތު ކަމަށެވެ. އަދި މިއަދު ފެނިގެންދިޔަ އަމަލުން ހިތާމަ ކުރައްވާ ކަމަށާއި ގައުމާ ދީނުގެ ޙައްގުގައި މިއަދު ރައްޔިތުން ތެދުވާން އެބަޖެހޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ މިހެން ވިދާޅުވީ، އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްގެ މަގާމާއި ރޭ ހަވާލުވެވަޑައިގެންނެވި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެމެރިކާގެ ނިއުޔޯކުގައި ހުންނަ ކްރިސްޓިއަނުންގެ ފައްޅިއެއްގައި ބޭއްވި އަޅުކަމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެންނެވުމުންނެވެ. މި ރަސްމިއްޔާތަކީ އދ. ގެ އާންމު މަޖިލީހުގެ އާ ދައުރެއް ފެށުމާއި ގުޅިގެން، އދ އަށް ވެޓިކަން ސިޓީން ކަނޑައަޅާފައިވާ މިޝަނުން އިންތިޒާމުކޮށްގެން ބޭއްވި ރަސްމިއްޔާތެކެވެ. ވެޓިކަން ސިޓީއަކީ ކްރިސްޓިއަނުން ނުވަތަ ނަސޯރާ ދީނުގެ މީހުންގެ މައި ސިޓީ އެވެ. އެމީހުން ދެކެނީ ވެޓިކަން ސިޓީއަކީ އެމީހުންގެ މުގައްދަސް ބިން ކަމުގަ އެވެ.
+1
+1
+1
+1
+1
+1