ފިޔަވަތީގައި ތިބި ކުޑަ ކުދިން ފުރާޅުމަތީގައި އުޅޭތީ، ފުލުހުން އެ ސަރަހައްދު ބަންދުކޮށްފިއެވެ.
އެ ސަރަހައްދުގައި ހުރި މީހަކު ބުނީ ފިޔަވަތީގައި މިވަގުތު ތިބީ މަދު ކުދިންތަކެއް ނަމަވެސް އެކުދިން މިއަދު ހަވީރުވެސް ފުރާޅު މައްޗަށް އަރާ އުޅުނު ކަމަށެވެ. އަދި މިހާރުވެސް ގިނަ ކުދިންތަކެއް ފުރާޅު މަތީގައި ތިބުމުން ފުލުހުން އެ ސަރަހައްދު ބަންދު ކުރީ އެތަނުގައި ތިބި ކުދިން ފިލާގެން ހިނގާދާނެތީ ކަމަށް ބެލެވޭ ކަމަށެވެ.
މިހާރަކަށް އައިސް ސަރުކާރުގެ ބެލުމުގެ ދަށުގައި ކުދިން ބަލަހައްޓަމުންދާ ބައެއް ތަންތަނުން ކުދިން ފިލަމުންދާ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. ރޭގެ ވަގުތެއްގައިވެސް ފިޔަވަތި ފުރާޅު މަތީ ކުދިންތަކެއް އުޅުމުން އެސަރަހައްދުގައި ދިރިއުޅޭ އާއްމުން ވަނީ އެތަނަަށް އެއްވެފައެވެ.
މި ކަމާ ގުޅިގެން ރަސްމީ އެއްވެސް އިދާރާއެއްގެ ބަހެއް އަދި ނުލިބެއެވެ.