ފިޔަވަތީގެ މައްސަލަ ހައްލުކުރެވޭނީ ޕީޕީއެމްގެ ސަރުކާރަކަށް ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފިޔަވަތީގެ މައްސަލަ ހައްލުވާނީ އެތަނުގައި ތިބި ކުދިންގެ ބޭނުންތަކާއި އިހުސާސްތަކާއި އެކުދިން މިހާލަތަށް އައި ސަބަބުތައް ދެނެގަނެވޭފަދަ އޯގާތެރި އިހުލާސްތެރި ވެރިއަކު ޖެންޑަރ މިނިސްޓްރީގައި ހުރެގެން ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރެވޭނީ ޕީޕީއެމް ޕީއެންސީގެ ވެރިކަމުގައި ކަމަށް އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.
ފިޔަވަތީގައި ވަނީ ހުކުރު ދުވަހުގެ ރޭ އަލިފާންވެސް ރޯކޮށްލާފައެވެ. މިއަދުވެސް ފިޔަވަތީގެ މުޒާހަރާކޮށް އެތަނުގަިއ ހުރި ތަކެއްޗަށް އެތަނުގައި ތިބޭ ދައުލަތުން ބަލަހައްޓަމުންދާ ކުދިން ގެއްލުން ދެމުންދާ ކަމަށް ދަނީ މައުލޫމާތު ލިބެމުންނެވެ. މިހާރުވެސް ފުލުހުން ދަނީ ހުޅުމާލޭގައި ހުންނަ ފިޔަވަތި ސަރަހައްދުގައި ސެކިއުރިތީ ބަލަހައްޓަމުންނެވެ.