ފިޔަކޮށާލާ، ވިއްކަން ޖެހި ފްލެމިންގޯ ހޯދާއި ރައްކާތެރިކަން ދީފައިވާ ކަމަށް އީޕީއޭއިން ހާމަކޮށްފިއެވެ.
އެންވަޔަރމަންޓް ޕްރޮޓެކްޝަން އެޖެންސީން ބުނީ ގަވައިދާ ހިލާފަށް ހިފާފައިވާ ފްލެމިންގޯ ހއ ބާރަށުން ހޯދާފައިވާ ކަމަށާއި ފުލުހުންގެ ހިމާޔަތުގެ ދަށަށް އެ ދޫނި ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ދޫނި ވަނީ ފެނުނުއިރު ފިޔަކޮށާލާފައި ކަމުން ދެން އަނބުރާ އުދުހިފައި އެދޫންޏަށް ނުދެވޭނެ ކަމަށް އީޕީއޭއިން ވަނީ ހާމަކޮށްފައެވެ.
އެހެންކަމުން މިހާރު އެދޫނި ވަނީ މިނިސްޓްރީ އޮފް ޑިފެންސްގެ ބެލުމުގެ ދަށުގައި އޮންނަ ޅ މާކޯއަށް ގެންގޮސްފައި ކަމަށްވެސް އެ އެޖެންސީން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން އެޓޯލް ވޮލެންޓިއަރސް އާއި ގުޅިގެން އެ ދޫނި ރިހެބިލިޓޭޝަން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ.
އަދި ދޫނީގެ ސިއްހަތު ރަނގަޅުތޯ ކަށަވަރު ކުރުމަށް ބަލަން ޖެހޭ ކަންކަން އެޓޯލް ވޮލެންޓިއަރސް ކަމަށް އީޕީއޭ އިން މައުލޫމާތު ދެއެވެ. މިމައްސަލަ ފެންމަތިވެފައިވަނީ ރާއްޖެއަށް ހިޖުރަ ކުރި ފްލެމިންގޯ އެއް ފިޔަކޮށާލައި ވިއްކުމަށްޓަކައި ވައިބަރ ގުރޫޕަކަށް ލީ ހިސާބުންނެވެ. އެޗްޕީއޭއިން ކުރިންވެސް ބުނެފައިވަނީ މިދުވަސް ވަރު ހިޖުރަ ކުރާ ދޫނިތައް ހިފައިގެން ގެންގުޅުމަކީ މަނާ ކަމެއް ކަމަށެވެ.