ޓުއަރ ގައިޑެއް ކަމަށްބުނެ އޮޅުވާލާ ފަތުރުވެރިއެއްގެ ފައިސާތަކެއް ވަގަށްނެގި މީހަކު ފުލުހުން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ މި ފޮޓޯގައިވާ މީހާ އަކީ ޓުއަރ ގައިޑެއްކަަމަށް ބުނެ ފަތުރުވިޔަކަށް ހިދުމަތް ދީ އެ ފަތުރުވެރިޔާގެ ދަބަހުން ފައިސާތަކެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ މީހެކެވެ.
ފޮޓޯއިން ފެންނަ މީހާ ފައިސާތައް ވަގަށްނަގާފައިވަނީ، ފަތުރުވެރިޔާއާއެކު ގައިޑެއްގެ ގޮތުގައި ހަރަކާތްތެރި ވުމަށްފަހު ފަތުރުވެރިޔާ އާޓިފިޝަލް ބީޗް މޫދަށް އެރުނު ވަގުތު ކަމަށާއި މިހާތަނަށް ތަހުގީގުގައި ކުރެވުނު މަސައްކަތުން ތުހުމަތު ކުރެވޭ މިހާއަކީ ބަނގްލަދޭޝް މީހެއްކަން ވަނީ އެނގިފައި ކަމަށް ފުލުހުން ހާމަކުރެއެވެ.
+1
+1
+1
+1
+1
+1