މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން ބ އަތޮޅަށް ރީނދޫ ސަމާލުނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް އިން މި އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައިވަނީ މިއަދުގެ މެންދުރު 15:30 އިން ފެށިގެން މިރޭގެ 10:30 އާއި ހަމައަށެވެ. މެޓު އޮފީހުން ބުނީ މިވަގުތުގައި ގަޑިއަކު 25 މޭލާ 30 މޭލާދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގނަޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓު އޮފީހުން ބުނެއެވެ.
ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދީގެން ދަތުރު ކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
+1
+1
+1
+1
+1
+1