ޔޫއެސް-ބަންގްލާގެ ސީދާ ދަތުރުތައް ރާއްޖައަށް ފަށައިފިއެވެ.
މިއީ ބަންގްލަދޭޝްގެ އަމިއްލަ އެންމެ ބޮޑު އެއާލައިންއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޔޫއެސް-ބަންގްލާގެ ސީދާ ދަތުރުތައް ފަށާފައިވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އިންނެވެ. މިއަދުން ފެށިގެން ކޮންމެ ދުވަހަކު ދެން ޔޫއެސް-ބަންގްލާގެ ޝެޑިއުލް ދަތުރުތައް ބާއްވަން އެ އެއަރލައިނުން ވަނީ ނިންމާފައެވެ.
ރާއްޖެ އާއި ބަންގަލދޭޝް އާއި ދެމެދު މި އެއަރލައިނުން ދަތުރުކުރާނީ 164 މީހުންގެ ޖާގައިގެ ބޯއިން 737-800 ބޯޓުތަކެވެ. މި އެއަރލައިން އުފައްދާ އޮޕަރޭޓް ކުރަން ފަށާފައިވަނީ 2014 އިން ފެށިގެންނެވެ. މިހާރުވެސް ދުނިޔޭގެ 10 ގައުމަކަށް މި އެއަލައިނުން އަންނަނީ ދަތުރު ކުރަމުންނެވެ.
+1
+1
+1
+1
+1
+1