ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ގޭބިސީތަކުން ކުނި ނަގާ ވަގުތަށް ބަދަލު ގެނެސްފިއެވެ.
ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލެއަށް ގިނަ އަދަދެއްގެ ރައްޔިތުން އާބާދުވަމުންދާ މި ދަނޑިވަޅުގައި އެ ކޯޕަރޭޝަން ހިދުމަތްތައް އިތުރަށް ބައްޓަން ކުރުމަށާއި މަސައްކަތްތައް ރުކުރުވާލުމަށްޓަކައި ހުޅުމާޅެ ފުރަތަމަ ފިޔަވަހީގެ ގޭބިސީތަކުން ކުނި ނަގާ ވަގުތު ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން 1 ޑިސެމްބަރުން ފެށިގެން މި ސަރަހައްދުގެ ގޭބިސީތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހަވީރު 18:00 ރޭނގަޑު 23:00 އަށް ދެމުގައި ކަމަށެވެ.
އަދި ހަވީރު 17:00 ފެށިގެން ތައްޔާޜުކޮށްފައިވާ ކުނި ކޮތަޅު ނެގޭނެ ފަދަ އިންތިޒާމެއް ހަމަޖެއްސުމަށް ކަސްޓަމަރުންނަށް ވެމްކޯއިން ވަނީ އިލްތިމާސް ކޮށްފައެވެ. ފުރަމާޅެ ސަރަހައްދުގެ ގޭބިސީތަކުން ކުނި އުކާލުމުގެ ހިދުމަތްތަކަށް 15 ސެޕްޓެމްބަރުން ފެށިގެން ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ.