އެހެންގޮތެއް ނެތިއްޔާ ކަނޑުމަތީގައިވެސް ހުކުރު ދުވަހުގެރޭ ކޮތަރުކޮށި ޖަލްސާ ބާއްވާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބާއްވަން މަސައްކަތް ކުރި "ކޮތަރުކޮށި ޖަލްސާ" މާލޭގެ އުސްފަސްގަނޑު ސަރަހައްދުގައި ބާއްވާ ގޮތަށް ބަދަލު ކުރި ކުރުމަށް އިޝާރާތް ކުރައްވާ އާދަމް ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮތަރުކޮށި ޖަލްސާ ހުޅުމާލެ ފޭސް 2 ގައި ބޭއްވިއަކަ ނުދިން ކަމަށާއި އަދި އުސްފަސްގަނޑުގައިވެސް ބޭއްވިއަކަ ނުދިން ކަމަށެވެ.
އަދި މިހާރު ޓާރގެޓަކީ ކާނިވަލް ސަރަހައްދު ކަމަށާއި އެހެން ގޮތެއް ނެތިއްޔާ ކަނޑުމަތީގައިވެސް މާދަމާރޭ ކޮތަރުކޮށި ޖަލްސާ ބާއްވާނެ ކަމަށެވެ. މީގެ އިތުރުން ޓުވީޓު ނިންމާލަމުން ސަރުކާރު މާބޮޑަށް ބިރުގަތީ ކަމަށް ވަނީ ވިދާޅުވެފައެވެ.