މަކަރާއި ހީލަތުގެ މައްސަލައެއްގައި މައުލޫމާތު ސާފުކުރުމަށް މީހަކު ހޯދުމަށް އާންމުންގެ އެހީއަށް އެދިއްޖެއެވެ.
ފުލުހުން ހޯދަން އިއުލާންކޮށްފައިވަނީ، މައުމޫން ނަޞީރު (43އ)، ސ. މަރަދޫ / މީނާޒް، އައިޑީ ކާޑު ނަންބަރު: A017896، ފުލުހުން އޭނާ ހޯދަން އިއުލާންކޮށްފައިވަނީ، މަކަރާއި ހީލަތުގެ މައްސަލައެއްގައި މައުލޫމާތު ސާފުކުރުމަށް / ތަހުގީގަށް ސުވާލުކުރުމަށެވެ.
ފުލުހުން އޭނާ ހޯދަނީ، އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއާއި އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށެވެ.