ރާއްޖޭގެ މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލުވާން ޖެހޭ ކަމަށް މިއަދު ދެކުން މަޖުބޫރުވެއްޖެ: ނަޝީދު
ރިޔާސީ އިންތިޚާބު ނޫނަސް މަޖިލިސް އިންތިޚާބުތަކުގައިވެސް އަދި ކައުންސިލް އިންތިޚާބުތަކުގައިވެސް އެއްވެސް ޕާޓީއަކަށް އަގްލަބިއްޔަތު ވޯޓު ހޯދިފައިނުވާކަމަށާއި މުޅި ރާއްޖެ ތަމްސީލް ކުރާ މެމްބަރުން ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ގާނޫނުއަސާސީ އިސްލާހު ކުރަން ޖެހިއްޖެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ސޯޝަލް މީޑިއާގައި ނަޝީދު މިއަދު އާންމު ކުރެއްވި ލިޔުމެއްގައި ވިދާޅުވީ 5000 މީހުން ހިމެނޭ އިންތިހާބީ ދާއިރާއެއްގެ މައްޗަށް…