ނުހިއްކި ހުރި ސަރަޙައްދުތަކުން ގޯތި ލިބޭ މީހުންނަށްވެސް ގޯތި ލިބޭނެ ކަމުގެ ޔަޤީންކަން ދިނުމަށް ސަރުކާރުން ވަގުތީ ލިޔުން ދޫކުރަމުންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯތި ޙަވާލުކުރުމުގެ ކަންކަން ކުރިއަށްދާގޮތާމެދު ދެންނެވި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.
ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލައަކީ ވަރަށް ގިނަ ރައްޔިތުންނާ ގުޅިފައިވާ މައްސަލައެއްކަމަށެވެ.
ރައީސް ވަނީ ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ލިބުނު ހުރިހާ މީހުންނަށްވެސް ގޯތި ލިބުނުކަމުގެ ލިޔުން ދިނުމުގެ މަސައްކަތް ސަރުކާރުން ބާރަށް ކުރިއަށް ގެންދާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ރަޖިސްޓްރީ ހެދުމާއި ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.
ނުހިއްކި ހުރި ސަރަޙައްދުތަކުން ގޯތި ލިބޭ މީހުންނަށް ވެސް ގޯތި ލިބޭނެ ކަމުގެ ޔަޤީންކަން ދިނުމަށް ސަރުކާރުން ވަގުތީ ލިޔުން ދޫކުރަމުންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.