ސިފައިން އެރި މައްސަލާގައި ގައްސާން ހާޒިރުކުރަނީ
ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ރާއްޖޭގެ ތިން މަސް ދޯންޏަކަށް އިންޑިއާގެ ކޯސްޓްގާޑުގެ ސިފައިން އެރި މައްސަލާގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ހުށަހަޅައިފި އެވެ. މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި ސުވާލު ކުރުމުގެ ނޯޓިސްގައި ވަނީ އެކަން ހިނގާފައިވަނީ ރާއްޖޭގެ އިގްތިސޯދީ ހާއްސަ ސަރަހައްދު ތެރޭގައިތޯ ޑިފެންސް މިނިސްޓްރީއަށް ކަށަވަރުވެފައިވޭތޯ އާއި އެކަމުގެ ތަފްސީލް ހޯދުމަށެވެ. އަދި، އެފަދަ ކަމެއް ތަކުރާރު…