ސްޓެލްކޯއިން ހުޅުލެއަށް ކަރަންޓުފޯރުކޮށްދޭން ފަށަނީ
ރާއްޖޭގެ މައި އެއާޕޯޓް ހިންގާ ހުޅުލެއަށް ކަރަންޓު ފޯރުކޮށްދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އިން އެއްބަސްވުމެއްގައި ސޮއެކޮށްފި އެވެ. މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ އެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއެކުރެއްވީ އެ ކުންފުނީގެ އެކްޓިން އިންޗާރޖް އިބްރާހިމް ޠާހާއެވެ. މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ސްޓެލްކޯއަކީ ގައުމަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އެެންމެ…