ސްޓެލްކޯގެ ސޭވް އެނާޖީ ކެންޕެއިންގެ ދަށުން ކުޑަކުދިންގެ ހަވީރެއް ބާއްވައިފި
ކަރަންޓު އިގުތިސޯދު ކުރުމަށް ހޭލުންތެރިކުރުވުމުގެ ގޮތުން ސްޓެލްކޯއިން ކުރިޔަށް ގެންދާ ސޭވް އެނާޖީ ކެމްޕޭނުގެ ދަށުން އިއްޔެ ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ. ސްޓެލްކޯއިން މިއަދު ބުނީ ގައުމުގެ މުސްތަގުބަލުކަމުގައިވާ ކުޑަކުދިންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކޮށް، ރަނގަޅު ގޮތުގައި ކަރަންޓު ބޭނުންކުރުމުގެ މުހިންމުކަމާއި ކަރަންޓު އިންތިސޯދު ކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު އެ ކުދިންނަށް ދީފައިވާ ކަމަށެވެ. ކުޑަކުދިންގެ ހަވީރުގައި ބައިވެރިވި ކުދިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ދިނުމުގެ އިތުރުން ކުޅިވަޅުތަކުގައި ބައިވެރި ކުދިންނަށް…