ބީއެމްއެލްގެ އެހީގައި ފެލިދޫ އާއި ހެނބަދޫގައި ހިންގި ޕްރޮޖެކްޓްތައް ނިންމާލައިފި
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ވ. ފެލިދު އާއި ނ. ހެނބަދޫގައި ހިންގި ޕްރޮޖެކްޓްތައް ނިންމާލައިފިއެވެ. ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ފެލިދޫގައި ވަނީ ޕިކްނިކް ސަރަހައްދެއް ތަރައްގީކޮށްފައެވެ. އެއީ ފެލިދޫ ޒުވާން އެކުވެރިންގެ ދިރުން ޖަމިއްޔާއިން ހިންގި ޕްރޮޖެކްޓެކެވެ. ބީއެމްއެލުން ބުނީ މި ސަރަހައްދު ތަރައްގީކޮށްފައިވަނީ ރަށުގެ ރައްޔިތުންގެ އިތުރުން ރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިންނާއި ކައިރި ރަށްރަށުން އެރަށަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ވެސް ބޭނުން ކުރެވޭ ގޮތަށް ކަމަށެވެ. އަދި އެ ސަރަހައްދު…