ގުޅިފަޅު ހިއްކުން ހުއްޓުވި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަނީ
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން، ހިއްކަންފެށި ގުޅީފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލުމަށް ހައި ކޯޓުން ނެރުނު އަމުރު ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރަން ނިންމާފައިވާކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ. ގުޅިފަޅު ޕްރޮޖެކްޓަކީ އެތައް ބިލިއަން ރުފިޔާގެ އަގުހުރި ޕްރޮޖެކްޓެއްކަން ފާހަގަ ކުރައްވާ އުޝާމް ވިދާޅުވީ ގުޅިފަޅު ބިން ހިއްކުމުގެ 80 ޕަސެންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކު ދައުލަތަށް އެތައް މިލިއަން…