ފެނަކައިން ހިންގި ފެނާއި ނަރުދަމާގެ މަޝްރޫތައް އެމްޑަބްލިއުއެސްސީއާއި ހަވާލު ކޮށްފި
ފެނަކަ ކޯޕަރޭޝަނުން ހިންގަމުން އައި ފެނާއި ނަރުދަމާގެ ހުރިހާ މަޝްރޫއެއް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި އެވެ. ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްްރަކްޗާ މިނިސްޓްރީގެ ރަސްމީ ފޭސްބުކް އެކައުންޓުގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ފެނަކައިން ރަށްރަށުގައި ހިންގަމުންދާ ފެނާއި ނަރުދަމާގެ މަސައްކަތްތައް އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމަށް ފެނަކައާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އެ ބައްދަލުވުމަކީ އެ މަޝްރޫއުތައް އެމްޑަބްލިއުއެސްސީން ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުން ބޭއްވި ޓެކްނިކަލް ލެވަލްގެ މަޝްވަރާ ބައްދަލުވުމެއް ކަމަށް އެ ޕޯސްޓުގައިވެ އެވެ.…