ފަރުވާއަށްފަހު ގުރައިދޫ މަރުކަޒުގައި ބޭތިއްބޭނެ މުއްދަތެއް ކަނޑައަޅަނީ
ގުރައިދޫ މަރުކަޒަށް ގެންދާ މީހުންނަށް ފަރުވާ ދިނުމަށްފަހު ރަނގަޅުވުމުން އެތަނުގައި ބައިތިއްބާނެ ވަކި މުއްދަތެއް ކަނޑައަޅަން ނިންމާފައިވާކަމަށް އާއިލާތަކާއި ބެހޭ ވުޒާރާއިން ބުނެފި އެވެ. އެކި މައްސަލަތައް ދިމާވެ ގުރައިދޫ މަރުކަޒަށް ގެންދާ މީހުންނަށް ފަރުވާ ދިނުމަށްފަހު ރަނގަޅުވުމުންވެސް އެމީހުންނާއި އާއިލާއިން ހަވާލު ނުވާ މައްސަލަ އޮތީ ބޮޑުވެފަ އެވެ. މީގެ ސަބަބުން އެމީހުންނަށް ނަފްސާނީ އެހެން މައްސަލަތަކާއި ކުރިމަތިލާން ޖެހޭތީ ވުޒާރާއިން މީގެ ކުރިންވެސް ކަންބޮޑުވުން ފާޅު ކުރި އެވެ. އާއިލާތަކާއި ބެހޭ މިނިސްޓްރީން ބޭއްވި…