މެލޭޝިޔާގެ ޑިފެންސް މިނިސްޓަރާ ގައްސާން ބައްދަލުކުރައްވައިފި
ދުނިޔޭގެ އެކި ގައުމުތަކުގެ ޑިފެންސް މިނިސްޓަރުންނާއި މިލިޓަރީގެ ޗީފުންނަށް ހާއްސަކޮށް ކޮންމެ އަހަރަކު ވެސް ސިންގަޕޫރުގައި ބާއްވާ ޝަންގްރިއްލާ ޑައިލޮގްގެ މިއަހަރުގެ ބައްދަލުވުމުގެ ތެރެއިން މެލޭޝިޔާގެ ޑިފެންސް މިނިސްޓަރު، މޮހައްމަދު ޚާލިދް ބިން ނޫރައްދީންއާ ރާއްޖޭގެ ޑިފެންސް މިނިސްޓަރު، ގައްސާން މައުމޫން ބައްދަލު ކުރައްވައިފި އެވެ. ޑިފެންސް މިނިސްޓަރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ބައްދަލުވުމުގައި ދެގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ހާރިޖީ ގުޅުމުގެ އިތުރުން ދެގައުމުގެ ދިފާއީ ގުޅުންތައް އިތުރަށް ވަރުގަދަ ކުރަން މަޝްވަރާ…