ކަޅު ބާޒަރުގައި ޑޮލަރު ވިއްކަން އުޅުނު ދެ ބިދޭސީއަކު ޑީޕޯޓްކޮށްލަނީ
ކަޅު ބާޒާރުގައި ޑޮލަރު ވިއްކަން އުޅުނު ބިދޭސީންތަކެއް ހައްޔަރުކޮށް އެ މީހުން ޑީޕޯޓު ކޮށްލުމަށް ނިންމައިފި އެވެ. އިމިގްރޭޝަނުން މިއަދު 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނީ އެ މީހުން އަތުލައިގަތީ، މާލޭގެ ޑޮލަރު އޭޓީއެމް އެއް ކައިރިން އިއްޔެ ކަމަށެވެ. އިމިގްރޭޝަންއާއި ފުލުހުން ގުޅިގެން ހިންގި ސްޕެޝަލް ރެއިޑު އޮޕަރޭޝަންގެ ދަށުން ހައްޔަރުކުރީ ދެ މީހެވެ. އެއީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުން ކަމަށާއި އެ މީހުންނަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބައެއް ކަމަށެވެ. …