ޑްރަގް ޓެސްޓްކުރަން ކަސްޓަމްސްގައި ލެބެއް ހަދަނީ
އިންޑިއާ ސަރުކާރުގެ އެހީގައި ކަސްޓަމްސްގައި މަސްތުވާތަކެތި ޓެސްޓް ކުރަން ލެބޯރެޓަރީއެއް ގާއިމުކުރުމުގެ މަސައްކަތްކަތް ކުރަމުން އަންނަ ކަމަށް އެ އިދާރާއިން މިއަދު ބުނެފި އެވެ. ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ކަސްޓަމްސްގެ ވެރިން ހާޒިރުކޮށް އެ އިދާރާގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެ އެވެ. ކޮމިޓީގައި ވާހަކަ ދައްކަމުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު ވިދާޅުވީ ކަސްޓަމުގެ ބެލުމުގެ ދަށަށް ގެންދާ މަސްތުވާތަކެއްޗާ މެދު އަމަލު ކުރަމުން އަންނަ އުސޫލަށް ބަދަލު…