އަންހެނަކު ރަހީނު ކުރުން: ފުރާނަ ސަލާމަތްކުރުމަށް ބާރުގެ ބޭނުންކުރުމަށްފަހު ފިރިހެންމީހާ ހައްޔަރުކޮށްފި
މާލޭގައި ގެއެއްގެ ތެރޭގައި އަންހެނަކު ރަހީނުކޮށް މަގުމަށްޗަށް ނެރެ ވަޅިން ބިރުދެއްކި ފިރިހެނަކު ފުލުހުން ބާރުގެ ބޭނުން ކުރުމަށްފަހު ހައްޔަރު ކޮށްފި އެވެ. ފުލުހުން ބުނީ ރަހީނު ކޮށްފައި ހުރި އަންހެންމީހާއަށް ގޭތެރޭގައި ފިރިހެނަކު އަނިޔާކޮށް އަދި މަގުމައްޗަށް ނެރެ ވެސް އަނިޔާކޮށްފައިވާކަމަށެވެ. ފުލުހުން އަންހެންމީހާ ސަލާމަތް ކުރަން އުޅެފިނަމަ އަންހެންމީހާމަރާލާނެކަމަށް ބުނެ އަންހެންމީހގެ ކަރުގައި ވަޅިޖައްސައިފުލުހުންނަށް އިންޒާރުދީ އަނެއްކާވެސް އަންހެންމީހާ ގޭތެރެއަށްވައްދައި އަނިޔާކުރުމަށްފަހު އަންހެންމީހާގެ ކަރުގައި ވަޅި ޖައްސައިގެން ހުރެ މަގުމައްޗަށް ނުކުމެ ސައިކަލަށް އަރައި ދުއްވާފައި…