ބްރޯޑްކޮމްއަށް އަޔަންކުރަން ފޮނުވި ނަންތައް އާންމުންގެ ޚިޔާލަށް ހުޅުވާލައިފި
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ފަރާތްތަކާ ގުޅޭގޮތުން ޢާންމުންގެ ޝަކުވާ ހުށަހެޅުމުގެ ފުރުޞަތށް ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފިއެވެ. ބްރޯޑްކޮމްގެ މެންބަރުންގެ ތެރެއިން ދެ މެންބަރެއްގެ ދައުރު މި މަހުގެ ތެރޭގައި ހަމަވެފައިވާއިރު، އެއީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އަދި މެންބަރު އަލީ ޔޫސުފްއެވެ. މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމުން ޝަރުތު ހަމަވާ 12 ފަރާތަކުން ވަނީ ކުރިމަތިލައްވާފައެވެ. ރައީސް މުޙައްމަދު މުޢިއްޒު ވަނީ އެ މަނިކުފާނު އިސްކަންދެއްވާ ތަރުތީބުން ކެންޑިޑޭޓުންގެ…