އޮފީހަކުން ވައްކަންކުރި މީހަކު ހައްޔަރަށް
މާލޭގެ ޕްރައިވެޓް ކުންފުންޏެއްގެ އޮފީހަކުން 200،000 ވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި އެވެ. ކްރިމިނަލް ކޯޓުން އިއްޔެ ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ލ. މާވަށް، ވައިފިނިގޭ، އަބްދުﷲ އަފީފް، 43، އެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ ހުއްދަ ނެތި ތަނަކަށް ވަނުމާއި ވައްކަން ކުރުމުގެ ތުހުމަތެވެ. ބަންދު އަމުރުގައި ބުނީ އަފީފު ވައްކަންކުރަން އޮފީހަށް ވަނުމަށް ކަޅުހުރާ މިސްކިތް ކައިރިން ދާތަން ސީސީޓީވީ…