އަލިފާނުގެ ހާދިސާއާ ގުޅިގެން 22 މީހަކަށް އެހީ ފޯރުކޮށްދެނީ
މިއަދު ފަތިހު މާލޭގައި ހިނގި އަލިފަނުގެ ޙާދިސާއާ ގުޅިގެން 22 މީހަކަށް އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ކަމަށް ނެޝަނަލް ޑިޒާސްޓަ މެނެޖްމަންޓް އޮތޯރިޓީ (އެމްޑީއެމްއޭ) އިން ބުނެފި އެވެ. އަލިފާން ރޯވީ 'ފުރުޓް ޓްރީ އެޕަލް" ފިހާރައިން ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުން އައި ތަނުގަ އެވެ. އެ ހާދިސާ ހިނގައިގެން ރިޕޯޓްކޮށްފައިވަނީ ރޭ ފަތިރު 04:20 ހާއިރު އެވެ. އަލިފާންގަނޑު ފަތިހު 05:27 ހާއިރު ކޮންޓްރޯލްކޮށް، އިމާރާތުން އެއްކޮށް އަލިފާން ނިއްވައިލެވުނީ ހެނދުނު 6:00 ގައި…