އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދީފި
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ތިރިގެ -- ލޮކް ސަބާގެ ރައީސް ސްރީ އޯމް ބިރްކާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދީފި އެވެ. ލޮކް ސަބާގެ ރައީސް، ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވީ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް މިހާރު ވަޑައިގެން އުޅުއްވާ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ލޮކް ސަބާގެ ރައީސްއާ އިއްޔެ ބައްދަލުކުރެއްވުމަށްފަހު އެވެ. މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ދެ ގައުމުގެ ގާނޫނު…