ހައްޖާއި އުމުރާއަށްދާ މީހުން ވެކްސިންތައް ފުރިހަމަކުރުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި
ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ފަރާތްތަކުން ކަނޑައެޅިފައިވާ ވެކްސިންތައް ފުރިހަމަކުރުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭގެ ފަރާތުން ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ މީހުން އެއްތަނަކަށް އެއްވުމުގެ ސަބަބުން ފެތުރިދާނެ ބަލިތަކުން ރައްކާތެރިވުމަށާއި، އެނބުރި އައުމަށްފަހު ރާއްޖެއަށް ބަލި ފެތުރުން ހުއްޓުވުމަށް ވެކްސިން ޖެހުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. މިގޮތުން މެނިންގޯކޯކަލް ކޮންޖުގޭޓް ވެކްސިން، އިންފްލުއެންޒާ އަދި އޯރަލް ޕޯލިއޯ ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ. އެޗްޕީއޭއިން އިތުރަށް…