ގައިދީންނަށް ހާއްސަ ދީނީ ޕްރޮގްރާމެއް ފަށައިފި
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައްސޭރި ޖަލާއި ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޒުކުރަމުންދާ ޤައިދީންނަށް ރަމަޟާން މަހަށް ޚާއްސަކޮށް 'އަވަސްވެ ގަންނާށެ' މި ނަމުގައި ޕްރޮގްރާމެއް ފަށައިފިއެވެ. ފަސް ހަފްތާއަށް ބަހައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި އައްސޭރި ޖަލުގެ 116 ޤައިދީން ބައިވެރިވެފައިވެއެވެ. އަދި ހުޅުމާލޭ ޖަލުން ބައިވެރިވީ 51 ޤައިދީންނެވެ. މި ޕްރޮގްރާމުގެ މަޤްޞަދަކީ ޤައިދީން ރަމަޟާން މަހަށް ފުރިހަމަ ގޮތުގައި އިސްތިޤްބާލު ކުރުވުމާއި އެ މައްސަރުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ބާރުއެޅުމާއި، އިސްލާމް…