ރޮމޭނިއާއިން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތުތަކަށް ހުޅުވާލައިފި
ރޮމޭނިއާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ 2025-2026 ދިރާސީ އަހަރު ރޮމޭނިއާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު 12 މާރިޗް 2025 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް ރޮމޭނިއާ އެންބަސީ އިން އަންގާފައިވާ ކަމަށެވެ. އެ ވުޒާރާއިން ބުނީ މި ސްކޮލަރޝިޕްގެ ދަށުން ބެޗްލަރސް ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޕީ.އެޗް.ޑީގެ ޕްރޮގްރާމްތަކަށް…