މަންދީ ގަޔަށް ކަޅު ތެޔޮ ޖަހައިފި
އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ސައިކަލު ދުއްވަމުން ދަނިކޮށް ބަޔަކު ފާރަލައި، އޭނާގެ ގަޔަށް ރޭ ކަޅު ތެޔޮ ޖަހައިފިއެވެ. އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މި ހާދިސާއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، މަންދީގެ ގަޔަށް ކަޅު ތެޔޮ ޖެހި ޢަމަލު ކުށްވެރިކުރައްވައި، މިއީ ސަރުކާރު ބޭޒާރުވެ ބަލިކަށިވަމުން އަންނަކަން ހާމަވާ ކަމެއް ކަމަށް ވިދާޅުވިއެވެ. މި ހާދިސާ ހިނގާފައިވަނީ އެމްޑީޕީގެ މުޒާހަރާއެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަނބިކަނބަލުން އަދި ފަސްޓް…