ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީކުރުމަށް އަންގައިފި
ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީކުރުމަށް އަންގައިފިއެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުން، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީކޮށް ލައިސަންސް ހޯދުމަށް އެޤާނޫނުގެ ދަށުން، މާލޭގައި ނަމަ އެ އޮތޯރިޓީގައި އަދި އަތޮޅު ތެރޭގައިނަމަ އެރަށެއްގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒެއްގައި ރަޖިސްޓްރީ ކުރަންޖެހޭ ކަމަށެވެ. މީގެ އިތުރުން ރަޖިސްޓްރީ ނުކޮށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހިންގުމަކީ މަނާކަމެއް ކަމުގައި އެ އޮތޯރިޓީން…