ފުޓްބޯޅަ ކޯޗު އިހްސާން ނިޔާވެއްޖެ
ދިވެހި ފުޓްބޯޅައަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތީ) ނިޔާވެއްޖެއެވެ. ސާންތީ ނިޔަވީ ކެންސަރު ބައްޔަށް ފަރުވާކުރައްވަމުން ގެންދަވާތާ ދޮޅު އަހަރެއްހާ ދުވަހަށް ފަހު މިރޭ ޓްރީ ޓޮޕް ހޮސްޕިޓަލްގަ އެވެ. ކޯޗު އިހުސާންއަކީ ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު އެއް ފުޓްބޯޅަ ކޯޗެވެ. އޭނާގެ ކެރިއަރުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ 2008 ވަނަ އަހަރު ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި…