ސްކޭމް މައްސަލައެއްގެ ތަޙުޤީޤަށް ދެ މީހަކު ހާޒިރުކުރަން އިޢުލާންކޮށްފި
އެންޓި-ސްކޭމް ސެންޓަރުގެ ތަޙުޤީޤަށް ދެ މީހަކު ހާޒިރުކުރަން ހޯދަން އިޢުލާންކޮށްފިއެވެ. މިގޮތުން ފުލުހުން ވަނީ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ ސްކޭމް މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިޢުލާންކޮށްފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ނަދީފް މުޙައްމަދު، ރަންކޮކާގެ /…