ޝުޖާއު އިސްތިއުފާ ދެއްވުމުން ރައީސް ނަޝީދު ތަޢުރީފު!
ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމުން އަލީ ޝުޖާއު އިސްތިއުފާ ދެއްވުމާ ގުޅިގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަމަށް ތަޢުރީފުކުރައްވައިފިއެވެ. ސޯޝަލް މީޑިއާގައި ރައީސް ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، "ޕޮލިސް ކޮމިޝަނާ އަލީ ޝުޖާއުއަށް މަރުޙަބާ" ކަމަށެވެ. އަދި ކަންކަމުގައި ޒިންމާ ނެގުމަށް ނުވަތަ އިތުރަށް މައްސަލަ ހޫނުވިޔަ ނުދިނުމަށް އިސްތިއުފާ ދިނުމަކީ އެންމެ ރިވެތި ޑިމޮކްރެޓިކް އުސޫލު ކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ އަބަދުވެސް އިސްކަން ދޭންޖެހޭނީ ރާއްޖޭގެ ރައްޔިތުންގެ ހެވާއި ލާބައަށް…