ޖީލަކަށް ދުންފަތް މަނާކުރުމަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ
ޖީލަކަށް ދުންފަތް މަނާކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަން ހުޅުވާލައިފިއެވެ. ޖީލަކަށް ދުންފަތް މަނާކުރުމަށް ކެބިނެޓުން ފާސްކުރި ސިޔާސަތު ތަންފީޒު ކުރުމަށް ޓަކައި ގާނޫނަށް ގެންނަން ޖެހޭ ބަދަލު ގެނައުމަށް ”ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް“ އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފާއިރު މަޖިލީހުން ކުރި އިއުލާނުގައި ބުނީ މި ބިލު ދިރާސާކުރުމަށް ހޮވާފައިވާ މަޖިލީހުގެ…