މާލެ އަތޮޅަށް ހިންގި ހޭލުންތެރި މީޑިއާ ޕްރޮގްރާމް ނިންމާލައިފި
މުޖުތަމައު ހޭލުންތެރި ކުރުމަށް ހިންގާ "ހޭލުންތެރި މީޑިއާ"ގެ މާލެ އަތޮޅު ޕްރޮގްރާމް ނިންމާލައިފިއެވެ. މި ޕްރޮގްރާމްގައި ކ. އަތޮޅުގެ ރަށްތަކުގެ ކައުންސިލް އިދާރާތަކުގެ މުވައްޒަފުންނާއި ނޫސްވެރިންގެ އިތުރުން ބައެއް ޖަމިއްޔާތަކުގެ މެންބަރުން ބައިވެރިވިއެވެ.ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ މި ތަމްރީން ޕްރޮގްރާމްގެ މަޤްޞަދަކީ މައުލޫމާތު ފެތުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނާއި، ނޫސްވެރިންގެ އިތުރުން ބައެއް ޖަމިއްޔާތަކުގެ ފަރާތްތަކަށް ޚަބަރާއި މަޢުލޫމާތު ފެތުރުމަށް އަހުލުވެރިކުރުމެވެ. މީގެ އިތުރުން ދޮގު ޚަބަރު ފެތުރުމުން ލިބޭ ގެއްލުމާއި، ނޫސްވެރިންނަށް ބައިނަލްއަޤްވާމީ…