ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް މެޑަމް ސާޖިދާ އުފައްދަވައިފި
އިޖުތިމާޢީ މައްސަލަތަކަށް ޙައްލު ހޯދުމަށް ޚާއްޞަކުރައްވައިގެން، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް އުފައްދަވާފައިވާކަން މެޑަމް ސާޖިދާ އިޢުލާންކުރައްވައިފިއެވެ. އެކަމަނާ މިކަން ހާމަކުރެއްވީ މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމް.އެފް.އެފް.އެލް.އައި) ގެ 7 ވަނަ ސަމިޓުގެ ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. އެހެން ނަމަވެސް އެ ޖަމްއިއްޔާގެ ނަމެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ. މެރކް ފައުންޑޭޝަނުގެ ފަރާތުން، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޤާބިލުކަން އިތުރުކުރުމަށް ގާތުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ އަގުވަޒަންކުރައްވާކަން ހާމަކުރައްވަމުން، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް އުފައްދެވީ…