ޓާމިނަލް ހުޅުވާ ރަސްމިއްޔާތަށް ހުރިހާ ރައީސުންނަށް ދައުވަތުދެނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ކުރީގެ ހުރިހާ ރައީސުންނަށް ދައުވަތު އަރުވަން ނިންމައިފި އެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ރައީސުންނަށް ދައުވަތު އަރުވަން ނިންމާފައިވަނީ އެއީ ގައުމީ ކަމެއް ކަމަށްވުމުން ކަމަށެވެ. ކުރީގެ ރައީސުންގެ އިތުރުން ބޮޑެތި ވިޔަފާރިވެރިންނާއި ކުންފުނިތަކުގެ ވެރިންނަށް ވެސް ދައުވަތު ދޭނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ. ވީއައިއޭގެ…