ތުރުކީން ރާއްޖެއަށް ހަދިޔާކުރާ މަނަވަރު ގެނެސްފި
ކަނޑުގެ ދިފާއީ އިންފްރާސްޓްރަކްޗާ ހަރުދަނާ ކުރުމަށް ދިވެހިރާއްޖެއާޢި ތުރުކީއާއި ދެމެދު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އެ ޤައުމުން ރާއްޖެއަށް ހަދިޔާކުރަން ނިންމާފައިވާ ޑޯގަން ކްލާހުގެ ފަސްޓް އެޓޭކް ކްރާފްޓެއް ކަމަށްވާ ޓީސީޖީ ވޯލްކަން (ޕީ-343) ރާއްޖެ ގެނެސްފިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ މަނަވަރު މިހާރު އޮތީ ރާއްޖޭގައެވެ. އަދި ވަރަށް އަވަހަށް އެ މަނަވަރު ދިވެހި ސަރުކާރާ ރަސްމީކޮށް ހަވާލުކުރާނެ ކަމަށް ލަފާކުރެވެއެވެ. މިކަމާ ގުޅިގެން ތުރުކީގެ ނޫސްތަކުން މީގެ ކުރިން ރިޕޯޓުކުރި ގޮތުގައި މި…