މެމޮގްރަފީގެ ހިދުމަތް ބ. އަތޮޅު ހޮސްޕިޓަލްގައި މިއަދު ފަށައިފި
އުރަމަތީގެ ކެންސަރު ހުރިކަން ދެނެގަތުމަށް ކުރާ ސްކޭނިން (މެމޮގްރަފީ) ގެ ޚިދުމަތް ބ. އަތޮޅު ހޮސްޕިޓަލްގައި މިއަދު ފަށައިފި އެވެ. އެ ޚިދުމަތް އެތަނުގައި ފައްޓަވައި ދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ. ކެންސަރ އަށް ސްކްރީން ކުރުމަށް މެމޮގްރަފީގެ ޚިދުމަތް މިއަދު ބ. އަތޮޅުގައި ފެށި އިރު، ރާއްޖޭގެ އެހެން ރީޖަނަލް ހޮސްޕިޓަލްތަކުން ވެސް މި ޚިދުމަތް ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. އަދި…