ދަރަވަންދޫ އެއަރޕޯޓް އައިލޭންޑް އޭވިއޭޝަނާއި ހަވާލުކޮށް ސަރުކާރުން ތަރައްގީކުރުމަށް ނިންމައިފި
ބ.ދަރަވަންދޫ އެއާޕޯޓް އައިލެންޑު އޭވިއޭޝަނާ ހަވާލުކޮށް ސަރުކާރުން ތަރައްްޤީ ކުރުމަށް ނިންމައިފިއެވެ. މިކަން ހާމަކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ދަރަވަންދޫއަށްް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ. ދަރަވަންދޫ އެއާޕޯޓަކީ ފަތުރުވެރިކަމުގެ ދާއިރާގައިވެސް އެންމެ ކާމިޔާބު ސަރަހައްދީ އެއާޕޯޓަށްވީ ނަމަވެސް މި އެއާޕޯޓުގެ ތަރައްގީއަށް މިދިޔަ ދުވަސްތަކުގައި މާބޮޑު ކަމެއް ކޮށްފައިނުވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން އެ އެއާޕޯޓް މިހާރު ހިންގަމުންދާ ފަރާތުން އަތުލައި އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްގެން ތަރައްގީކުރުމަށް ރައީސް…