މޯލްޑިވްސް މެޑިކަލް ކޮންފަރެންސް ފަށައިފި
މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން އިސްނަގައިގެން ބާއްވާ މޯލްޑިވްސް މެޑިކަލް ކޮންފަރެންސް މިއަދު ފަށައިފި އެވެ. މިއީ މި ކޮންފަރެންސް ކުރިއަށް ގެންދާ ދެވަނަ އަހަރެވެ. މި ކޮންފަރެންސްގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ އާބާދީގައި އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް އިތުރުވަމުން ދާތީ، އެމީހުންނަށް ދެވޭ ފަރުވާއަށް ހާއްސަ ސަމާލުކަމެއް ހޯދުމެވެ. ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމު ފައްޓަވައިދެއްވި މި ކޮންފަރެންސް ކުރިއަށްދާނީ ދެ ދުވަހަށެވެ. މި ކޮންފަރެންސްގައި ރާއްޖޭގެ ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ އިތުރުން ސިއްހީ…