މީޑިއާ ބިލާ ދެކޮޅަށް އަނގަމަތީ އަތްއަޅައިގެން ނޫސްވެރިން މަޖިލީހުގައި އިހުތިޖާޖުގައި
ސަރުކާރުން ހުށަހެޅި މީޑިއާ ރެގިއުލޭޝަން ބިލާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ގެލެރީގައި ނޫސްވެރިން އިހުތިޖާޖު ކުރަން ފަށައިފި އެވެ. އިހުތިޖާޖުގައި ބައިވެރިވި ނޫސްވެރިންގެ ތެރެއިން ބައެއް މީހުން ތިބީ ބިލާ ދެކޮޅަށް ޝުއޫރު ފާޅުކުރާ ބޯޑުތައް ހިފަހައްޓައިގެންނެވެ. އަނެއް ބައެއް ނޫސްވެރިން ތިބީ ނުރުހުމުގެ ނިޝާނެއްގެ ގޮތުން އަނގަ މަތީގައި އަތް އަޅައިގެންނެވެ. އެ ބިލާ ދެކޮޅަށް ހަމަހިމޭން އިހުތިޖާޖެއް ކުރުމަށް, މަޖިލީހުގެ ޖަލްސާ ކުރިއަށް ދިޔަ ވަގުތު ގިނަ ނޫސްވެރިންތަކެއް މަޖިލީހުގެ ގެލަރީގައި މިއަދު ތިއްބެވެ.…