ބާރަށަށް ޑުރަގު އެތެރެކޮށް ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެބެއިން ހައްޔަރުކޮށްފި
ހއ. ބާރަށަށް މަސްތުވާތަކެތި އެތެރެކޮށް، ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އެ ރަށަށް ނިސްބަތްވާ ދެބެއިން ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ އެ ދެބެއިން ހައްޔަރުކުރީ ބާރަށަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކޮށް އަދި މަސްތުވާތަކެތި ބޭނުންކުރާކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ހއ. ބާރަށް، ކާނޭޝަންވިޔު، އުމުރުން 37 އަހަރުގެ އަބްދުﷲ ފަޞީޙާއި އުމުރުން 34 އަހަރުގެ އިބްރާހީމް ކަލީމެވެ. ފުލުހުން ބުނީ…