އޭއީއެޗްގެ މެޑިކަލް އިންޓަރންޝިޕްގައި ބައިވެރިވުމަށް އަލުން ހުޅުވާލައިފި
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ މެޑިކަލް އިންޓަރންޝިޕް ޕުރޮގުރާމުގައި ބައިވެރިވުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ. އޭއީއެޗް އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މެޑިކަލް އިންޓަރންޝިޕް ޕުރޮގުރާމުގެ އެއް ވަނަ އިންޓޭކް ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ހުޅުވާލެވިފައިވާ ކަމަށާއި، މި އިންޓޭކްގައި ފުރުސަތު ދެވޭނީ 15 ފަރާތަކަށް ކަމަށެވެ. މި އިންޓަރންޝިޕަށް އެދި ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި މެޑިކަލް ކޮލެޖް/ޔުނިވަރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ…