ރަކީދޫގައި ފުލުހުންގެ ޑެސްކެއް ޤާއިމްކޮށްފި
ވ. ރަކީދޫގައި ފުލުހުންގެ ޑެސްކެއް ޤާއިމްކޮށް ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. ރަކީދޫގައި ޤާއިމްކުރި ފުލުހުންގެ ޑެސްކް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ރަކީދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދުއެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ އިސްވެރިންނާއި ރަށުގެ އެކި މުއައްސަސާތަކުގެ އިސްވެރިންވެސް ބައިވެރިވެޑައިގެންނެވިއެވެ. މި ޕޮލިސް ޑެސްކުގެ ސަބަބުން މުޖުތަމައަށް ފޯރުކޮށްދޭ ޚިދުމަތްތައް މިހާރަށްވުރެ ފަސޭހަކޮށްދީ، ރަށުގެ ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ. މިއަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ…